މއ. ކުއްޅަފިލާގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރާ އެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ ކޯޓު އަމުރަކާ އެކު މިރޭ އިރާކޮޅު ހިންގި ހާއްސަ އޮޕަރޭޝަންގައި އެ ތިން މީހުން އަތުލައިގަތީ ކުއްޅަފިލާގެ ތެރެއިން ކަމަށެވެ. އަދި ބުނީ ފުލުހުން އެގެއަށް ވަދެ ފާސްކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ކަމަށެވެ.

އެ މައްސަލައިގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއްނުކުރި އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަނީ ކަމަށެވެ.