03 Feb 2012, 03:24
މާރާމާރީ ހިންގަން ކަމަށް ބެލެވޭ ހަތިޔާރާއި މަސްތުވާތަކެއްޗާއިއެކު ތިން މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަތިޔާރާއި މަސްތުވާ އެއްޗެއްސާއެކު ތިން މީހުން ހައްޔަރުކު ކުރީ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މއ. ކުއްޅަފިލާގެ ބަލާ ފާސްކުރުމުގެ ތެރޭގައި މިރޭ 11:15 އެހާކަންހާއިރު ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ އެ ގޭ ތެރޭގައި ތިއްބާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ތިން މީހުން އެގޭ ތެރޭގައި ތިބި އިރު މާރާމާރީ ހިންގުމަށް ކަމަށް ބެލެވޭ ކަނޑިއަކާއި ވަޅިތަކަކާއި ދަގަނޑު ބުރިތަކެއް ފެނިފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.