ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސައިނާ"ގެ އާ ޓީޒާކޮޅެއް ދައްކާލައިފިއެވެ.

އެ ޓީޒާކޮޅުގައި ސައިނާ ކުޑައިރުން ފަށައިގެންވެސް އޭނާ ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިވި ގޮތާ ކާމިޔާބު ކުޅުންތެރިއަކަށްވާތަން ދައްކުވައިދިނެވެ. އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު ޓިޒާ އާންމުކުރުމަށްފަހު ޕަރިނީތީ ބުނީ ސައިނާ އަކީ ޖެހިލުން ކުޑަ އެތުލީޓެއް ކަމަށެވެ. މި ފިލްމު ރިލީޒްކުރާނީ މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކުގައެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ މި ފިލްމު އެންމެ ފުރަތަމަ ކުޅެން ދިނީ ޝްރައްދާ ކަޕޫރަށެވެ. ޝްރައްދާ އާއެކު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޝްރައްދާގެ ޝޫޓިން ޝެޑިއުލް އާ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ދިމާނުވާތީ ސައިނާ ފިލްމު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ފަހަކަށް އައިސް ގިނަ ފިލްމުތަކަކުން ޖާގަ ހޯދަމުން އަންނަ ބަަތަލާ ޕަރިނީތީ ވަނީ މި ފިލްމު ފެށުމުގެ ކުރިން ބެޑްމިންޓަން ޓްރެއިނިން ތަކެއް ހަދާފައެވެ.