04 Mar 2021, 22:59
ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަތް ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ދުވާ ޓްރެކްތައް ބަންދުކޮށްފި އެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް އާންމުކޮށް މީހުން ދިޔުން އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް އޭރު އޮތީ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޕާކުތަކާއި މައިދާންތަކުގައި ކަސްރަތު ކުރެވޭ ގޮތަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާންމުކުރި އެންގުމުގައި ބުނެފައި ވަނީ، މިރެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކުތަކާއި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތު ކުރެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.