04 Mar 2021, 22:23
ރާއްޖެއިން މިއަދު އިތުރު 167 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 135 މީހަކާއި އެހެން ރަށްތަކުން ޕޮޒިޓިވްވި 17 މީހަކާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާ އެކު ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،447އަށް ވަނީ އަރައިފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 2،664 މީހުން ތިބިއިރު، އޭގެ ތެރެއިން 180 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،712 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 64 މީހަކު ވަނީ މަރުވެފަ އެވެ.
ވެކްސިންގެ ނަންބަރުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ޖުމުލަ 137،124 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 84،891 މީހަކާއި އަތޮޅުތަކުން ވެކްސިން ޖެހި 52،233 މީހުންނެވެ.
މިއަދު މާލެ ސަރަހައްދަށް ވުރެ ގިނައިން އަތޮޅު ތެރޭގައި ވަނީ ވެކްސިން ދީފަ އެވެ. މާލޭގައި މިއަދު 3،568 މީހުންނަށް ވެކްސިން ދިން އިރު އަތޮޅުތެރެއިން 4،144 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.