04 Mar 2021, 16:02
ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ރެޖިސްޓާ ކޮށްފައިވާ 15 އުޅަނދެއްގެ ރެޖިސްޓްރީ ބާތިލް ކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން މީގެ ކުރިން ވަނީ 17 ވެހިކަލެއްގެ ރެޖިސްޓްރީއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އިއުލާނުކޮށްފަ އެވެ.
އެގޮތުން އުޅަނދުތަކުގެ ރެޖިސްޓްރީ ނަންބަރު އާންމުކޮށް، ހަތް ދުވަސްތެރޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އޭގެ ތެރެއިން 15 އުޅަނދެއްގެ ރެޖިސްޓްރީ ބާތިލްކަން މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން އެކަން ކުރަމުންދާކަމަށް ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ވަނީ ވިދާޅުވެފަ އެވެ.