04 Mar 2021, 15:50
އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ފަސް ރަށެއްގައި ފޮށި ބަހައްޓާ މަރުކަޒު ބަދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، އެ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަހައްދަށް ބަދަލު އައިސްފައިވާތީ، އެ ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން އަލުންއިއުލާންކޮށްފަ އެވެ.
ބަދަލު އައިސްފައިވަނީ، އައްޑޫ ސީޓީގެ ދެ ވޯޓު ފޮށްޓަކާއި ފުވައްމުލަށް ސިޓީގެ ދެ ވޯޓު ފޮއްޓަކާއި ކުޅުދުއްދުއްފުށި، ދުއްވާފަރު އަދި އިހަވަންދޫގެ ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށެވެ. އެގޮތުން ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާތަނަށް ބަދަލު އައިސްފައިވެ އެވެ.
ބަދަލު އައިސްފައިވާ ވޯޓު ފޮށިތައް:
1. ވޯޓު ފޮށީގެ ނަން: ހއ. އިހަވަންދޫ -3
ވޯޓު ފޮށި ބައްހަޓާ ރަށް/ތަން - ހއ. އިހަވަންދޫ / އިހަވަންދޫ ސްކޫލް، ލެބް ކްލާސްރޫމް
- މި ފޮށްޓަށް ވޯޓުލާނީ އިހަވަންދޫ ޗާންދަނީމަގުގެ ހުޅަނގުން ސަބުދެލިމަގުގެ ދެކުނުން، ހުސެއިނީގޯޅީގެ ހުޅަނގުން، ސޯސަންމަގުގެ ދެކުނުން، އޯކިޑުމަގުގެ ހުޅަނގުން ނޫރާނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުން.
- ވޯޓު ފޮށީގެ ކޯޑު - 9
- ވޯޓު ފޮށީގެ ނަންބަރު - A5.3
2. ވޯޓު ފޮށީގެ ނަން: ރ. ދުވާފަރު -3
ވޯޓު ފޮށި ބަހައްޓާ ތަން: ރ. ދުވާފަރު / ރ. އަތޮޅު މަދަރުސާގެ ހޯލުގެ އިރުމަތި ފަރާތް
- މި ފޮށްޓަށް ވޯޓުލާނީ ކުރީގެ ކަނދޮޅުދޫގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން I އަކުރުން ފެށިގެން M އަކުރާ ދެމެދުގައި ހިމެނޭ އަކުރުތަކުން ފެށޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ރ. ދުވާފަރު ރައްޔިތުން.
- ވޯޓު ފޮށީގެ ކޯޑު- 101
- ވޯޓު ފޮށީގެ ނަންބަރު - E7.3
3. ވޯޓު ފޮށީގެ ނަން: ކުޅުދުއްފުށި އިރު ދެކުނު-2
ވޯޓު ފޮށި ބަހައްޓާ ތަން: ކުޅުދުއްފުށި ސިޓީ / އަފީފުއްދީން ސްކޫލް ހޯލް
- މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީގެ ސަރުދާރު މަގުގެ ދެކުނު ފަރާތުގައި، އަމީނީމަގުގެ އިރުމަތި ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
- ވޯޓު ފޮށީގެ ކޯޑު - 46
- ވޯޓު ފޮށީގެ ނަންބަރު - B9-6.2
4. ފުވައްމުލައް ސިޓީ
ވޯޓު ފޮށީގެ ނަން: ފުވައްމުލައް ހުޅަނގު އުތުރު
- ވޯޓު ފޮށި ބަހައްޓާ ތަން: ފުވައްމުލައް ސިޓީ / މަދަތުސަތުލް ޝައިޙް މުޙައްމަދު ޖަމާލުއްދީން ސްކޫލް ހޯލް
- މި ފޮށްޓަށް ވޯޓުލާނީ ދަޑިމަގު އަވަށުގެ ކޮއްކިރިމަގުން ދެކުނަށް، ގެންމިސްކިތް މަގުން ހުޅަނގަށް، ކޮއްކިރިގޯޅިން ދެކުނަށް ގޮސް ކޮއްކިރިގޯޅި ނިމޭ ހިސާބުން ހުޅަނގަށް ފިނިވާމަގާއި ނޫމަރާގޯޅި އާއި ގުޅިގެން އުތުރަށް އަދި ޕްލާޒާގޯޅި އާއި ހަނދުވަރީގޯޅީގެ އުތުރުން ހުރި ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
- ވޯޓު ފޮށީގެ ކޯޑު - 354
- ވޯޓު ފޮށީގެ ނަންބަރު - R1.1
5. ވޯޓު ފޮށީގެ ނަން: ފުވައްމުލައް އިރު ދެކުނު-2
ވޯޓު ފޮށި ބަހައްޓާ ތަން: ފުވައްމުލައް ސިޓީ / ފުވައްމުލަކު ސްކޫލް ހޯލު
- މި ފޮށްޓަށް ވޯޓުލާނީ ބިޅިފޭށިމަގުގެ ހުޅަގުން މުޙައްމަދު ޖަމާލުއްދީނުނާއިބުތުއްތުމަގުގެ އުތުރުން އިރުދެކުނު ދާއިރގެ ހުރިހާ ގެއަކާއި، ބޮޑުފަންނުމަގުގެ އުތުރާއި ދެކުނުން ހުރި ހުރިހާ ގެއަކާއި، ބަހާރުމަގުގެ ދެކުނުން، މައްސާގުގެ ހިމެނޭގޮތަށް މައްސާގުގޯޅިގެ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
- ވޯޓު ފޮށީގެ ކޯޑު - 365
- ވޯޓު ފޮށީގެ ނަންބަރު - R6.2
6. އައްޑޫ ސިޓީ
ވޯޓު ފޮށީގެ ނަން: އައްޑޫ މީދޫ -1
- ވޯޓު ފޮށި ބަހައްޓާ ތަން: އައްޑޫ ސިޓީ / ޝަމްސުއްދީން ސްކޫލްގެ ދެކުނު ކްލާސްރޫމް
- މިފޮށްޓަށް ވޯޓުލާނީ މީދޫ ބަހާއުއްދީނުމަގުން ދެކުނަށް ގޮސް، ގުލްމާމުމަގުން އިރަށް ގޮސް، ކޯގަންނުމަގުން ދެކުނަށް ގޮސް، ނަރުގިސްހިނގުމުން އިރަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ އުތުރު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
- ވޯޓު ފޮށީގެ ކޯޑު - 392
- ވޯޓު ފޮށީގެ ނަންބަރު - S12.1
7. ވޯޓު ފޮށީގެ ނަން: އައްޑޫ މީދޫ -2
ވޯޓު ފޮށި ބަހައްޓާ ތަން: އައްޑޫ ސިޓީ / ޝަމްސުއްދީން ސްކޫލްގެ ދެކުނު ކްލާސްރޫމް
- މިފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްހިނގުން ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށް ގޮސް، ގުލްފާމްމަގުން ހުޅަނގަށް ގޮސް، ބަހާއުއްދީނުމަގުން ދެކުނަށް ގޮސް، އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދާހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތްގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުން.
- ވޯޓު ފޮށީގެ ކޯޑު - 393
ވޯޓު ފޮށީގެ ނަންބަރު - S12.2
އަންނަ މަހު 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި މިހާރު ވާދަކުރަނީ، 3،934 ކެނޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިހާބަށް ވާދަކުރާ 2،264 މީހުންނާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހުންނެވެ.