04 Mar 2021, 08:48
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޝުރައްދާ ކަޕޫރުގެ 34، ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.
އޮޒެން ލައިފް މާދޫ ރިސޯޓުގައި ޝްރައްދާ އޭނާގެ އުފަންދުވަސް ފާހަގަކުރިއިރު މި ދަތުރުގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާ އޭނާގެ ލޯބިވެރިޔާވެސް ބައިވެރިވި އެވެ. އެ ރިސޯޓުގައި އޭނާ ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ޝުރައްދާ ރާއްޖެ އައީ އޭނާގެ ދެބޭންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ހަފްލާއަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މި ހަފްތާގެ ކުރީކޮޅު އެވެ. މި ހަފްލާގެ ފޮޓޯގްރަފަރަކީ ޝްރައްދާގެ ލޯބިވެރިޔާ ޝްރެސްތާ އެވެ. އޭނާ އަކީ ސެލެބްރިޓީ ފޮޓޮގްރާފަރެކެވެ. ބަތަލާ ޝުރައްދާ އާއެކު އޭނާގެ ގާތް ރަހުމަތްތެރިޔާ އެކްޓަރު ވަރުން ދަވަން ވެސް ރާއްޖެއަ އެވެ.
ދާދިފަހުން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝުރައްދާ ބުނީ އޭނާގެ ކައިވެނި ހަފްލާ ބާއްވަން ބޭނުން ވަނީ ރާއްޖޭގައި ކަމަށެވެ. ބަތަލާ އެންމެ ފަހުން ފެނިގެން ދިޔައީ ޓައިގާ ޝްރޮފް އާއެކު "ބާގީ 3" އިންނެވެ.