ރާއްޖެއިން މިއަދު އިތުރު 136 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރާއްޖެއިން މިއަދު އިތުރު 136 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 124 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެއް ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،280އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،615 މީހުން ތިބިއިރު، އޭގެ ތެރެއިން 187 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ރާއްޖެއިން 125 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،595 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 63 މީހަކު ވަނީ މަރުވެފަ އެވެ.

ވެކްސިންގެ ނަންބަރުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ޖުމުލަ 129،424 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 81،323 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 48،101 މީހުންނެވެ.