02 Feb 2012, 17:50
ރޯމާ އަށް ކުޅެމުންދާ ޗިލީ މިޑްފީލްޑަރު ޑޭވިޑް ޕިޒާރޯ ލޯނުގެ ދަށުން މެންޗެސްޓާ ސިޓީ އާއި ގުޅިއްޖެ އެވެ.
"އަހަރެން ވަރަށް ރަނގަޅަށް ޕިޒާރޯ ދަންނަން. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އަދި މޮޅު މިޑްފީލްޑަރެއް. ބައެއް ދަނޑިވަޅުތަކުގައި އޭނާގެ ބޭނުންތެރިކަން މެންސިޓީ އަށް ޖެހޭނެ." މަންޗިނީ ބުންޏެވެ.
މިސީޒަނުގައި އުމުރުން 32 އަހަރުގެ ޕިޒާރޯ ރޯމާ އިން ފެނުނީ އެންމެ ހަތް މެޗުންނެވެ. ޕިޒާރޯ އަކީ މެންސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީގެ ކޯޗު ކަމުގެ ދަށުގައި ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. އިންޓަމިލާނަށް މަންޗިނީ ހަވާލުވެ ހުރި އިރު ޕިޒާރޯގެ ބޭނުން ވަރަށް ބޮޑަށް ހިފައިފާ ވެއެވެ.