02 Mar 2021, 22:25
މިއަދު ރާއްޖެއިން 165 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިވްވި 132 މީހަކާއި ރަށްރަށުން 13 މީހަކާއި ރިސޯޓުތަކުން 19 މީހެއް އަދި އިންޑަސްޓްރިއަލް ރަށްރަށުން މީހެކެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 20،14އަށް އަރައިފައެވެ.
މިވަގުތު 2،605 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 186 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،343 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 127 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ބަލީގައި މިހާތަނަށް 62 މީހުން ރާއްޖެއިން މަރުވެފައިވެއެވެ.