02 Mar 2021, 21:06
ހއ. ބާރަށުން އިތުރު ހަތަރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހއ. ބާރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެފަރާތްތަކާ ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓްވެފައިވާ ކަމަށް އިއްޔެ އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް މިރޭ "ސަން" އަށް ވިދާޅުވީ، ކޮންޓެކްޓުވި މީހުންގެ ތެރެއިން ހަތަރު މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ހަތަރު މީހުންނަކީވެސް ކަރަންޓީނުގައި ތިބި މީހުންނެއް ނޫނެވެ. އެމީހުންގެ ކޮންޓެކްޓުންވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ނުހިމެނެ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ ހައި ރިސްކު މީހަކު ހިމެނެ އެވެ.
ޕޮޒިޓިވް ކޭސްތަކާ ހެދި ބާރަށް އަރާ ފޭބުން މިވަގުތަށް ވަނީ މަނާކޮށްފަ އެވެ.