02 Feb 2012, 17:47
ފުރަތަމަ އެގާރައިން ޖާގަ ބޭނުންވި ނަމަވެސް ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށް އެކުލަބުގެ އައިވަރީ ކޯސްޓް ފޯވާޑް ސަލަމަން ކަލޫ ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ކަލޫ އާއި ޗެލްސީ އާއި ހަދާފައިވާ އެއްބަސްވުން މިސީޒަނުގައި ހަމަވާނެ އެވެ. އެހެން ކަމުން ހިލޭ ޓްރާންސްފާ އެއްގައި ފޮނުވާލުމުގެ ބަދަލުގައި އަންނަ ޖެނުއަރީ ގައި ރަނގަޅު އަގެއްގައި ކަލޫ ފޮނުވާލައިފި ނަމަ އެޓީމަށް ފައިދާ ވާނެ އެވެ.
"ބެންޗުގައި އިނދެގެން އެއްވެސް ކުޅުންތެރިއެއް ކުރިއަރައުގެނެއް ނުދާނެ. ކުލަބާއެކު ވާހަކަ ދައްކަމުން މިދަނީ. އަހަރެން ޗެލްސީ ގައި ހުންނަން ބޭނުން. ޗެލްސީ އަކީ ވަރަށް ބޮޑަށް ކުރިމަގަށް ވިސްނާ ކުލަބެއް. އަހަރެންގެ ކުރިމަގަކީ ޗެލްސީ އޮތީ ޗެލްސީގައި ކަމަށް ވުމަކީ ކައިރި ކަމެއް." ކަލޫ ބުންޏެވެ.
ކަލޫ އަކީ ތިން އަހަރު ދުވަހު ހޮލެންޑްގެ ފެޔެނޫޑް އަށް ކުޅުމަށްފަހު، 2006 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. 30 މެއި 2006 ން ފެށިގެން ޗެލްސީ އަށް ކުޅުމަށް ކަލޫ އެއްބަސްވީ ނުވަ މިލިޔަން ޕައުންޑަށެވެ. ކަލޫ މިވަގުތު ހުރީ އައިވަރީ ކޯސްޓް ގައުމީ ޓީމު ތަމްސީލުކުރުމަށް އެފްރިކަން ނޭޝަން ކަޕް ކުޅުމަށް ގޮހެވެ.