ހިއްސާދާރުންގެ ރެސިޑެންސީ ސްޓޭޓަސްއާ ގުޅޭ މައުލޫމާތު ފުރިހަމަކޮށްދިނުމަށް އުރީދޫއިން އެދެފި އެވެ.

އުރީދޫއިން ބުނީ އިންކަމް ޓެކްސް ގާނޫނުގައި ބުނާ ގޮތުން "ނޮން-ރެސިޑެންޓް" ހިއްސާދާރުންނަށް ލިބޭ ހިއްސާގެ ފައިދާއިން 10 ޕަސެންޓު ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އުނި ކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު ހިއްސާގެ ފައިދާ ބަހާއިރު ހިއްސާދާރަކީ ރާއްޖޭގެ ރެސިޑެންޓެއްކަން އެކުންފުންޏަކަށް ކަށަވަރު ނުކުރެވޭ ހާލަތެއްގައި އެ ހިއްސާދާރަކީ ރާއްޖޭގެ ރެސިޑެންޓެއް ނޫން ގޮތުގައި ބެލެވޭނެ ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް ހިއްސާގެ ފައިދާއިން ވިތުހޯލްޑިން ޓެކުހަށް ކެނޑޭނެ ކަމަށް އިންކަމް ޓެކްސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ.

ކުރިއަށް އޮތް ތަނުގައި ހިއްސާގެ ފައިދާ ބަހާނީ އިންކަމް ޓެކްސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވުމާއެކު ރެސިޑެންސީ ސްޓޭޓަސްގެ މައުލޫމާތު ފުރިހަމަ ކޮށްދިނުމަށް ހުރިހާ ހިއްސާދާރުންގެ ފަރާތުން އުރީދޫއިން ވަނީ އެދިފަ އެވެ.

އެ މައުލޫމާތު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެއިންފިނިޓީ ޕޯޓަލްމެދުވެރިކޮށް ނުވަތަ އުރީދޫއަށް މެއިލްކޮށްގެން ވެސް ހިއްސާކުރެވޭނެ އެވެ. އެ ފޯމު އުރީދޫގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި ފޯމު ފުރުމަށްފަހު އީމެއިލް ކުރާނީ[email protected]އަށެވެ.

އެ މައުލޫމާތު ފުރިހަމަ ނުކުރާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނީ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 ޕަސެންޓު އުނިކުރުމަށްފަހު އެވެ.