ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް ޑިސްކައުންޓެއް ތަޢާރަފުކޮށް، އޮންލައިން ގެސްޓް ޕޯޓަލްއާއި ފީޑް-ބެކް ޕޯޓަލްގެ ހިދުމަތާއި ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މުވައްޒަފުންނަށް ޙާއްސަ ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމްއަކާއި، އަދި މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފި އެވެ.

އަހަރީ ދުވަހާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ޑިސްކައުންޓް މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސިއްހީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކުގައި ހިމެނެނީ؛

  • ފިރިހެނުންނަށް ހާއްސަ "ވެލް މޭލް" ޕެކޭޖް

  • 18 – 34 އަހަރުގެ އަންހެން ބޭފުޅުންނަށް ހާއްސަ "ވެލް ވުމަން" ޕެކޭޖް
  • 35 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަ "ވެލް ވުމަން" ޕެކޭޖް
  • ދުޅަހެޔޮ ސިއްހަތަކަށް ހާއްސަ "ހެލުތީ ލިވިން" ޕެކޭޖް
  • ހިތުގެ ބަލިތަކަށް ހާއްސަ "ހާޓް ސްކްރީނިން" ޕެކޭޖް

މީގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން މުޅިން އާ ގެސްޓް ޕޯޓަލްއަކާއި އެޕްލިކޭޝަންގެ ހިދުމަތް ވެސް ތިން ވަނަ އަހަރީ ދުވަހާ ގުޅިގެން ވަނީ ފަށައިފަ އެވެ.

އޮންލައިން ގެސްޓް ޕޯޓަލް ބޭނުންކޮށްގެން ފަސޭކަމާ އެކު ބުކިން ހަދައި، ފައިސާ ދައްކައި، މެޑިކަލް ރިކޯޑް ހިއްސާކޮށް އަދި ހޮސްޕިޓަލާއި މެހެމާނުންނާ ދެމެދު ރައްކާތެރިކޮށް މެސެޖް ފޮނުވޭ ގޮތަށް ވަނީ ހަމަޖެހިފައި އެވެ.

މިލިންކުންޓްރީ ޓޮޕް ހޮސްޕިޓަލުގެ ގެސްޓް ޕޯޓަލްއަށް ވަދެވޭނެ އެވެ.

ގެސްޓް ޕޯޓަލްގެ އެޕްލިކޭޝަން އެޕަލް އެޕްސްޓޯ ނުވަތަ އެންޑްރޮއިޑް ޕްލޭސްޓޯގައި ‘Tree Top Hospital Guest Portal’ ސާޗު ކޮށްގެން ޑައުންލޯޑު ކޮށްލެވޭނެ އެވެ.

މީގެ އިތުރުން ހިޔާލު ހޯދުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އާ ފީޑްބެކް ޕޯޓަލްއެއް ވެސް ޓްރީ ޓޮޕްއިން ވަނީ ތައާރަފުކޮށްފަ އެވެ.

އެ ޕޯޓަލްއިން ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް އަދި ސްޕެޝަލިޓީތަކުގެ ހިދުމަތާ ބެހޭ ގޮތުން ފެންނަ ގޮތް ހިއްސާކޮށް، އަވަސް ފިޔަވަޅު އެޅޭނެ ހަރުދަނާ އިންތިޒާމު ހަމަޖެހިފައިވެ އެވެ. މިލިންކުންއާ ފީޑްބެކް ޕޯޓަލްއަށް ވަދެވޭނެ އެވެ.

މީގެ އިތުރުން އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މުޅިން އާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފަ އެވެ. އެ ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ހަމައެއާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މިއީ ހިދުމަތް ލިބިގަތުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަން ހޯދައިދިނުމަށާއި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ދެ ހާސް އަށާރަ ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭން ފަށައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.