ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އާންމުގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އޭގެ އިތުރުން މި ސަރުކާުރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތައްވެސް ހިޔާލު ހޯދުމަށް ވަނީ ހުޅުލާފައެވެ.

މަޖިލިސް އިދާރާއިން މިރޭ އިއުލާނުގައި ބުނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫގެ ފްލެތްތައް ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ދިރާސާއެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން އެ ދިރާސާގެ ބެނުމަކަށް އާންމުންގެ ހިޔާލަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މަހު ހަ ވަނަ ދުވަހު މެންދުރުފަހު، 2:00 އެވެ. ހިޔާލު ފޮނުވާނީ، ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected])ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުން ހުށަހަޅައިގެންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު އިމާރާތް ކުރި އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަ ކޮށްފައެވެ. އެ މްޝްރޫގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓުގެ ތިން ކެގަރީގެ ފޯމުތައް ބާތިލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ބައެއް އާްންމުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.