މާޗު މަހުގެ ތެރޭގައި ޒޫމް މެދުވެރިކޮށް، މާލޭގައި ދިރިއުޅެ ރައްޔިތުންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނީ ކޮވިޑް19 ގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުއަރީ މަހު ބޭއްވުމަށް ގާނޫނުން ލާޒިމްކުރާ ބައްދަލުވުން ބޭއްވިފައި ނުވާ ކަމަށެވެ.

ނަމަވެސް ޒޫމް މެދުވެރިކޮށް މާޗު އަށެއް ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ބައްދަލުވުން ޕަބްލިކް ސާވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްޒޫމްމެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ އެވެ.