ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކުލަވައިލައްވައިފި އެވެ.

ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، އެބޯޑަށް ސަރުކާރުން އައްޔަން ކުރެއްވި މެންބަރު، ފުވައްމުލައް ނިއުސަން މުހައްމަދު ސައީދެވެ. ބޯޑުގެ މެނެޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން އައްޔަން ކުރެއްވި މެންބަރު ގޮތުގައި، ފުވައްމުލައް ހަޒާރުމާގޭ ޝައްފާފް ނަސީރެވެ.

ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ފުވައްމުލައް އަސުރުމާގޭ ޒާހިދާ އިބްރާހީމާއި، ފުވައްމުލައް ރޭވާ އަހުމަދު ޝަރީފެވެ.

މިބޯޑަށް ފުވައްމުލަކު އަތޮޅު ކައުންސިލުގެ ފަރާތުން އައްޔަން ކުރެއްވި މެންބަރުންނަކީ، ފުވައްމުލައް ފަށަލަ މުހައްމަދު ސައިމަނާއި، ފުވައްމުލައް ފިޔަނޫމާގޭ އަހުމަދު ނަފީސާއި، ޏ. ފުވައްމުލައް ނިއުޒީލް މުހައްމަދު މުސްނިމް ރަޝީދެވެ.