ފަނަރަ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރަން ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު ހަވާލުކުރީ ފަސް ކުންފުންޏަކާ އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ ޖުމްލަ އަގު 407 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރާ ރަށްތައް:

އއ. ބޮޑުފުޅަދޫ: މަޝްރޫއަށް 26.8 މިލިއަން ރުފިޔާ ހޭދަވާއިރު، 780 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ގދ. ރަތަފަންދޫ: މަޝްރޫއަށް 33.6 މިލިއަން ރުފިޔާ ހޭދަވާއިރު 780 ދުވަސް ތެރޭގައި ނިންމަންޖެހޭ

ތ. އޮމަދޫ: މަޝްރޫއަށް 32.4 މިލިއަން ރުފިޔާ ހޭދަވާއިރު 780 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ދ. ރިނބިރޫ: މަޝްރޫއަށް 34.6 މިލިއަން ރުފިޔާ ހޭދަވާއިރު 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ގއ. ކޮނޑޭ: މަޝްރޫއަށް 35.9 މިލިއަން ރުފިޔާ ހޭދަވާއިރު 780 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

ފެނުގެ ނިޒާމު ގާއިމުކުރާ ރަށްތައް:

ދ. މާއެނބޫދޫ: 16.6 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ހއ. އުތީމު: 22 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ފ. ފީއަލި: 5.4 މިލިއަން ރުފިޔާގެ އަގަކަށް 570 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ރ. ރަސްމާދޫ: 24.9 މިލިއަން ރުފިޔާގެ އަގަކަށް 570 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ތ.ބުރުނީ: 26.7 މިލިއަން ރުފިޔާގެ އަގަކަށް 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ތ. ވޭމަންޑޫ: 36.7 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ރ. މާކުރަތު: 31.4 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަސް ތެރޭގައި ނިންމާގޮތަށް

ދ. ހުޅުދެލި: 20.3 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަސް ތެރޭގައި ނިންމާ ގޮތަށް

ލ. ދަނބިދޫ: 26.5 މިލިއަން ރުފިޔާގެ އަގަކަށް 600 ދުވަސް ތެރޭގައި ނިންމާ ގޮތަށް

އޭގެ އިތުރުން ހދ. ނައިވާދޫ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 12.8 މިލިއަން ރުފިޔާގެ އަގަކަށް 720 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ބޮޑުފޮޅުދޫ، ރަތަފަންދޫ، އޮމަދޫ، މާއެނބޫދޫ، އުތީމު، އަދި ނައިވާދޫގެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ފީއަލި، ރަސްމާދޫ، އަދި ބުރުނީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މައިކްރޯ ޕްރައިވެޓް ލިމިޓެޑާ އެވެ. ރިނބިދޫ އަދި ވޭމަންޑޫގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކޮނޑޭ އަދި މާކުރަތުގެ މަސައްކަތް ހަވާލުކުރީ މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހުޅުދެއްޔާއި ދަނބިދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ސާވޭކުރުމާއި އީއައިއޭ ހެދުމާއި، އަމަލީގޮތުން ސައިޓްގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ގޭގެއަށް ވިއުގަ ގުޅައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.