02 Feb 2012, 11:50
ރާކޭސް ރޯޝަންގެ " ކްރިޝް 3" ގެ ބައެއް މަންޒަރުތައް ނެގުމަށްޓަކައި ރިތިކް ރޯޝަން އާއި ޕްރިޔަންކާ ޗޯޕްރާ ހައިދަރުއާބާދަށް ހިނގައްޖެ އެވެ.
ރިތިކް ރޯޝަނަށް އަގްނީޕަތު އިން ލިބުނު ކާމިޔާބީއަށް ފަހު، މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ ކްރިޝް 3 ގެ މަންޒަރުތައް ނެގުމަށްޓަކައި ހައިދަރްއާބާދުގައި ވަނީ ހާއްސަ ސެޓަޕެއް ހަދާފަ އެވެ. މިސެޓަޕް ހަދާފައިވަނީ މުމްބާއީގައި ހުންނަ ބޮޑު ބެންދްރާ ކާލާ އޮފީސް ކޮންޕްލެކްސް ސިފަކޮށްދޭ ގޮތަށެވެ.
ސުޕަ ހީރޯއެއްގެ ހުނަރުތައް ދައްކުވައިދޭ މިފިލްމްގެ ގިނަ މަންޒަރުތައް ނެގުމަށް ހަމަޖައްސާފައި ވަނީ އެތަނުގަ އެވެ. މުމްބާއީގެ ޓްރެފިކް ބޯ މަގުތަކުގައި ކްރިޝް 3 ގެ މަންޒަރުތައް ދައްކުވައިދިން ނަމަވެސް އެމަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހައިދަރުއާބާދުގައި ހަދާފައިވާ ސެޓަޕްގަ އެވެ.
ހައިދަރުއާބާދުގަ އާއި މުމްބާއީގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މިފިލްގެ ޝޫޓީން މިދިޔަ މަހު 29 ގައި ފަށާފައިވާއިރު ރިތިކް ވަނީ މީގެ އެތައް މަހެއް ކުރިން މިފިލްމަށްޓަކައި ތައްޔާރުވާން ފަށައިފަ އެވެ.