02 Feb 2012, 10:56
އޮންލައިންކޮށް ބިލު ދެއްކޭގޮތް ހަމަޖައްސައި، މީޑިޔާނެޓުން އެކުންފުނީގެ ވެބްސައިޓް ތައާރަފްކޮށްފި އެވެ.
މީޑިޔާނެޓުން މިއަދު ބުނީ އެކުންފުނީގެ ވެބްސައިޓް ތައާރަފްކުރުމުން ކޭބަލްޓީވީ ޕެކޭޖްތައް ނެގުމާއި ޑިޖިޓަލް ޑިކޯޑަރު ގަތުން ފަދަ އެކުންފުނިން ދެމުން އަންނަ އެންމެހާ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ. އަދި އެކުންފުނިން އޮންލައިންކޮށް ދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެޗްއެސްބީސީ އިންޓަނެޓް ގޭޓްވޭ ޕޭމަންޓް މެދުވެރިކޮށް ކަމަށް އެކުންފުނިން ބުންޏެވެ.
މީޑިޔާނެޓުން އަދި ބުނީ އެކުންފުނީގެ ސްޓާފުންނާ އޮންލައިންކޮށް ވާހަކަ ދައްކައި ކަސްޓަމާ ސާވިސް ހޯދޭނެ ގޮތް ވެސް ވެބްސައިޓްގައި ހަމަޖައްސާފައި ވާނެ ކަމަށެވެ.