ބަނގުރާ ގެންގުޅުނު ދެ މީހަކު މާލޭ މަގުމަތިން މިތޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 19:30 ހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެމީހުން ހުއްޓުވުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ތަޅާލާފައި ވާކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން ހުއްޓުވާފައވަނީ ވަންވޭ އާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.