ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު "ސަން" އަށް ވިދާޅުވީ ނައިބު ރައީސް ހޮސްޕިޓަލުގައި އެޓްމިޓުކުރީ އިއްޔެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ނައިބު ރައީސް އެޑްމިޓްކޮށްފައި ވަނީ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށެވެ.

"މެޑިކަލް ޑައިގްނޯސް ހަދަމުން ދަނީ. އިއްޔެ އިރުއޮއްސުނު ހާއިރު އެޑްމިޓް ކުރީ،" މަބްރޫކު ވިދާޅުވިއެވެ.

ނައިބު ރައިސް ފައިސަލް އަށް އެޓްމިޓުކޮށްގެންް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

އެމަނިކުފާނުގެ ހާލު ސްޓޭބަލްކަމަށާއި ކޮވިޑް19 ހުރިތޯ ބެލުމަށް ހެދި ޓެސްޓު ނެގެޓިވް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.