Last Updated:
1 decade 4 year ago

ގިނަ ބަޔަކު ހައްޔަރުކޮށް މުޒާހަރާގެ ބައިވެރިން ފައްސާލައިފި

    ބުލޮގު ޚުލާސާ
    އިދިކޮޅު ފަރާތްތަކުގެ ސިލްސިލާ މުޒާހަރާ އަށް މީހުން އެއްވެ ރަނގަޅަށް ނުފެށެނީސް ފުލުހުން ވަނީ މުޒާހަރާއަށް އިންޒާރުދީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މުޒާހަރާގެ ސްޕޯކްސްމަން އަހުމަދު ސިއްދީގައި އިތުރު ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިހާރު ވެސް މަސް މާރުކޭޓް ސަރަހައްދުގައި މުޒާ ކުރަމުން އެބަދެ އެވެ.
    23:44

    އަނެއްކާ ވެސް އިތުރު ހަތަރު މީހުން ހައްޔަރުކޮށް، އެއްވެސް ތަނެއްގައި މަޑުކުރާނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރުތައް ދެމުން ދޭ. މުޒާހަރާގެ ބައިވެރިން އެކި ދިމާއަށް ދަނީ.
    23:40

    އަނެއްކާވެސް އިތުރު ހަތަރު މީހަކު ޗާންދަނީ މަގުން ހައްޔަރުކޮށްފި، ކުދިކުދި ހަމަނުޖެހުންތައް ހިނގަމުން އެބަދޭ
    23:37

    އަނެއްކާވެސް އިތުރު ދެމީހަކު ފުލުހުން ހައްޔަރުކޮށްފި.
    23:35

    މަޖީދީ މަގުގައި މީހުން އެއްވެފައި ވަނިކޮށް އެއްލި އެއްޗަކުން ޖެހި އެމްވީކޭ ބަހެއްގެ ބީއްލޫރިގަނޑު ވަނީ ތަލާލާފައި، މީގެ އިރުކޮޅެއް ކުރިން ސައިކަލެއްގައި ރޯކޮށްލި ކަމަށް ވެސް ބުނޭ
    23:13

    ފުލުހުން މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގުން ފައްސާލުމުން މިހާރު މިސްރަބު ޖަހާފަައި ވަނީ މަޖީދީ މަގުން އިރަށް.
    23:07

    ޗާންދަނީ މަގަށް އެއްވި މީހުން ޝުއޫރު ފާޅު ކުރަމުން ދަނިކޮށް ރަޔަޓް ފުލުހުން ވަދެ އިންޒާރު ދޭން ފަށައިފި. މީހުންތައް ފަހަތަށް ޖައްސާ ދުރަށް ފޮނުވާލަނީ. މާގިނަ ބަޔަކު ނެތް.
    22:43ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުން

    މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން ގޮސް އަލަށް ހަދާފައިވާ ބަނދަރުގެ ތެރެއަށް ވަނުމުން އެތާގެ ސެކިއުރިޓީން ދޮރުލައްޕާފައިވަނިކޮށް މީހުންތައް ވަނީ ދުރު ފޭކޮށްލައިގެން ނުކުމެފައި. ދޮރަށް ވަނީ ގެއްލުންތައް ވެސްވެފައި. މިހާރު ސަރަހައްދު ވަނީ ސާފުކޮށްލާފައި. ނަމަވެސް މުޒާހާރާގެ ބައިވެރިން ދަނީ އެކި ދިމަ ދިމާއަށް ދުވަމުން. ބައެއް މީހުން ބުނަނީ މީހުން ދަނީ ޗާންދަނީ މަގަށް ކަމަށް.
    22:24

    މިހާރު ވަނީ 24 މީހުން ހައްޔަރުކޮށްފައި.
    22:05މުޒާހަރާގެ ތެރެއިން

    މުޒާހަރާގެ ތެރެއިން މިހާތަނަށް ވަނީ 18 މީހަކު ހައްޔަރުކޮށްފައި. މުޒާހަރާގެ ބައިވެރިން މިހާރު ދަތުރު ކުރަމުން ދަނީ ބޮޑުަކުރުފާނު މަގުން ހުޅަގަން. މުޒާހަރާ ލީޑު ކުރުމުގައި އިސްކޮށް ހުންނެވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު. ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ވެސް އެބަހުންނެވި. އެންމެން ކުރިޔަށް ދާއިރު ގޮވާލަނީ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލަމުން. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެ. މުޒާހަރާ ޕިކަޕްގައި ހަރުކޮށްފައިވާ އަޑުގަދަ ކުރާ ނައްޓާލައިގެން ގެންގޮސްފި.
    22:02

    މުޒާހަރާ ކުރާމީހުން ފަހަތަށް ޖައްސަމުން ގެންގޮސް މިހާރު ވަނީ އަތޮޅު ފިހާރަތަކާ ހަމައަށް ޖައްސާފައި. ދާދި ދެންމެއަކު ވަނީ އިތުރު އަންހެނަކު އަނެއްކާވެސް ބިޑި އަޅުވައިގެން ގޮސް ހައްޔަރު ވެހިކަލަށް އަރުވާފައި.
    21:52ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުން

    މުޒާހަރާގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައ ވަރަށް ކުޑަ ފިރިހެން ކުއްޖެއްގެ ގަޔަށް ދެންމެ ޕެޕާ ސުޕްރޭ ޖަހައިފި. އެ ސަރަހައްދުގައި ހުރި ސަން އޮންލައިންގެ ނޫސްވެރިޔާ ބުނާ ގޮތުން އެކުއްޖާގެ މޫނަށް ވަނީ ވަރަށް ގަދަށް ފުލުހުން ސުޕްރޭ ޖަހާފައި.
    21:50

    ދާދި ދެންމެއަކު ވެސް ވަނީ އިތުރު ދެއަންހެނަކު ހައްޔަރުކޮށްފައި. މިހާތަނަށް 12 މީހުން މިރޭ ހައްޔަރުކޮށްފި. ފުލުހުން އަދި އެއްވެސް ވަރަކަށް މިރޭ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފައެއް ނުވޭ.
    21:44

    މުޒާހަރާގައި މިރޭ އިސްކޮށް އުޅޭ އެންމެން ކަހަލަ ގޮތަކަށް ވަނީ ހައްޔަރުކޮށްފައި. ފުލުހުން ގެންދަނީ މުޒާހާރާގެ ބައިވެރިން ފަހަތަށް ޖައްސަމުން މުޒާހަރާ މިހާރު އޮތީ ލޯކަލް މާރުކޭޓް ސަރަހައްދުގައި.
    21:39

    ފުލުހުން އެކި ދިމަ ދިމާއިން މުޒާހަރާގެ ބައިވެރިން ފަހާ ދުވަނީ، ދެންމެވެސް ވަނީ އަންހެނަކާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފައި. ބައެއް ނޫސްވެރިން ބުނާ ގޮތުން ފުލުހުން އަމާޒު ހިފާފައި ވަނީ އެއްވެސް ފުރުސަތެއް ނުދީ މުޒާހަރާ ރޫޅާލުމަށް ކަމަށް