ރާއްޖެއިން މިއަދު 145 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 22 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 32 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއަދު ރަށްރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، ފުވައްމުލައް ސިޓީން ހަތަރު މީހަކު، ކ. ކުރައިދުއިން އަށް މީހަކު، ރ. ރަސްގެތީމުން ތިން މީހަކު މ. ކޮޅުފުށިން އެކަކު، ކ. މާފުށިން ހަތަރު މީހަކު، ހދ. ހަނިމާދުއިން އެކަކު، އަދި އދ. ދިގުރަށުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 18،612 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،484 މީހުން ތިބިއިރު، އޭގެ ތެރެއިން 162 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އޭގެތެރެއިން 158 މީހަށް ފަރުވާ ދެމުން ދަނީ މާލޭ ސިޓީގަ އެވެ. އަތޮޅު ތެރޭގައި ހަތަރު މީހަކަށް ފަރުވާދެމުން ދާއިރު، އޭގެތެރޭގައި ހިމެނެނީ އައްޑޫ ސޓީ ކޮވިޑް ފެސިލިޓީގައި އެކަކު، ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި އެކަކު، ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ދެ މީހެކެވެ.

އައިސީޔޫގައި ދެ މީހަކަށް މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އިންކިއުބޭޓަރުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު 96 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 16،061 އެވެ.

ކޮވިޑު ޖެހިގެން 60 މީހުން މިއަދު ވަނީ މަރުވެފަ އެވެ.