ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދަށް ފޭބި މީހަކު ގެނބިގެން އޭނާއަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނެފައި ވަނީ އެ ސަރަހައްދަށް މިއަދު ހެނދުނު ފައިބައި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު 8:00 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މީހާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަަށް ކަމަށާއި އެތަނުގައި އޭނާއަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަންވެސް ބަލަމުންދާ ކަމަށް ބުންޏެވެ.

މިއަދު މީހަކު ގެނބިފައިވާއިރު، އިއްޔެ ރ. ފައިނުގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވެ އެވެ.