19 Feb 2021, 23:11
ކުންފުނިތަކާއި ކުޅިވަރު ކުލްބު ޖަމިއްޔާތަކާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުން ގުރޫޕު ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން އެ ފުރުސަތު ހުޅުވާލީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ބައިގައި ހިމެނޭ ކެފޭ، ފިހާރަ، ރެސްޓޯރެންޓް އަދި އަމިއްލަ ކުންފުނިތަކުން އެޕޮއިންޓްމަންޓް ހައްދަން ގުޅާނީ އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 އަށެވެ. ނުވަތަ އެ މިނިސްޓްރީގެ މެއިލް[email protected]އަށް އީމެއިލްއެއްވެސް ފޮނުވިދާނެ އެވެ.
ދެވަނަ ބައިގައި ހިމެނެނީ ކުޅިވަރު ކުލަބުތަކާއި ޖަމިއްޔާތަކާއި އެންޖީއޯތަކެވެ. އެ ފަރާތްތަކުން ޔޫތު މިނިސްޓްރީގެ ނަންބަރު 3347465، 3347329 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
ތިންވަނަ ބައި ހާއްސަކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅައިގެންނާއި[email protected]ނުވަތަ[email protected]އަށް އީމެއިލް ކުރުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެ އެވެ.
ހަތަރުވަނަ ބައިގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ގުޅާނީ ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 3022245 އަށެވެ. އަދި އެ މިނިސްޓްރީގެ މެއިލް[email protected]އަށް އީމެއިލް ކޮށްގެން ވެސް އެކަން ހަމަޖެހޭނެ އެވެ.