19 Feb 2021, 22:03
މިއަދު ވެސް މުޅި ރާއްޖެއިން 127 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 98 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 10 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 18،467އަށް ވަނީ އަރާފަ އެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2،446 އެވެ. އަދި އޭގެ ތެރެއިން 159 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިއަދު 102 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 15،965 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 58 މީހަކު ވަނީ މަރުވެފަ އެވެ.