01 Feb 2012, 14:14
ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއު ކޭޝަން ]މިހާރުގެ ގައުމީ ޔުނިވާރިސީޓީގެ[ މުވައްޒަފަކު ޕީއެޗްޑީ ކޯސް ފުރިހަމަ ކުރަންދެން މުސާރައާ އެއްވަރުގެ ފައިސާގެ އިނާޔަތެއް އެ މުވައްޒަފަށް ގައުމީ ޔުނިވާރަސީޓިން ހަމަޖައްސައިދީފި އެވެ. ފައިސާގެ އިނާޔަތް ހަމަޖައްސަވައި ދެއްވި މުވައްޒަފަކީ ބ. ކެންދޫ އެއްގަމުގޭ، ސައުދުﷲ އަލީ އެވެ.
ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ސޮއިކުރައްވައި އެ މުވައްޒަފަށް ފޮނުވާއިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ސްޓާފް ޑިވޮލޮޕް މެންޓްގެ ދަށުން ހަދަމުން ގެންދާ ޑޮކްޓާ އޮފް ފިލޯސަފީ ކޯސް ފުރިހަމަކުރެއް ވުމަށް އަދި އެއް އަހަރު އިތުރަށް ބޭނުންވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީ އިން އަންގާފައި ވާތީ އާއި އަދި އެ މުއްދަތުގެ ތެރޭގައި ކޯސް ނުނިންމޭނެކަން މުވައްޒަފު ވިދާޅުވެފައި ވާތީ މުސާރަ އާއި އެއްވަރުގެ ފައިސާގެ އެހީ މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗަންސެލާ ހުސެއިން ހަލީމް މިއަދު ވިދާޅުވީ ޔުނިވާސިޓީގެ ކޯހެއް ފުރިހަމަ ކުރާ ބޭފުޅަކަށް މުސާރައާ އެއްވަރުގެ އިނާޔަތެއް ދެއްވުން އެއީ ކުރިން ވެސް ނިންމާފައިވާ ނިންމުމެއް ކަމަށާއި މުސާރާއި އެއްވަރުގެ އެލަވަންސެއް ދެއްވާނެކަމަށް އެބޭފުޅާ އަށް ސިޓީ އަކުން ދަންނަވާފައިވާ ކަމަށެވެ.
"އެބޭފުޅާ ހުންނެވީ ކުރިން ލިބުނު ސްކޮލާޝިޕެއްގައި ގޮއްސައި. އެއީ މީގެ ތިން އަހަރު ކުރިން ލިބުނު ސޮކޮލާޝިޕެއް އޭރު މުސާރަ ދޭގޮތަށް ފޮނުވާފައި ހުރިއްޔާ އެދޭވަރެއް ދޭނެ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ކުރިން މުސާރަ ލިބޭ ގޮތަށް ކޯސްތަކުގައި ގޮސްތިބި ފަރާތްތަކަށް އޭރު އޮންނަ ގޮތުން ކޯސް ނިމެންދެން މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަ ކަމަށާއި މިހާރު މުސާރަ ދެއްވާ ބޭފުޅަކީ ކުރީގެ ގަވާއިދުގެ ދަށުން މުސާރަ ދެއްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ސިވިލް ސާވިސްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ސްކޮލާ ޝިޕްގައި ނުވަތަ ކޯސްތަކުގައިދާ ފަރާތްތަކަށް މުސާރަ ނުދެއްވާ ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ހަމަ މުސާރައާ އެކު ކޯސްތަކުގައި ބައިވެރިވެ ކޯސްތައް ފުރިހަމަ ކުރަށްވަމުން މިހާތަނަށް ވެސް ވަނީ ގޮސްފައި. މިހާރު ކޯހުގެ ހުންނެވި ބޭފުޅާގެ ކޯސް ނިންމެވުމަށް އެހީތެރިވުމުގެ ގޮތުން ފައިސާ އެދެއްވަނީ އެބޭފުޅާގެ ކޯހުގެ މުއްދަތު އިތުރުކޮށްފައިވުމުން ކޯހުގެ އަޅުގަނޑުމެން ޖެހޭނީ އެފައިސާ ދެއްވަން ނޫންތޯ؟ އެގޮތުން އެބޭފުޅާ އަށް އެ ފައިސާ ދެއްވަނީ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މިހާރު ކޯހުގައި ހުންނެވި ބޭފުއަށް ދެއްވާ މުސާރައާ އެއްވަރުގެ ފައިސާގެ ދޭން ނިންމާފައި ވަނީ ކޮލެޖުގެ ބަޖެޓުން ކަމަށެވެ.
މީގެ ކުރިން ކޮލެޖްގެ ކޯސްތަކުގައި އުޅޭ ދަރިވަރުންނަށް ފައިސާގެ އިނާޔަތްތައް ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ދަރިވަރުން ވަނީ ރައީސް އޮފީހުގެ ކުރިމަތީގައި މުޒާހަރާ ވެސްކޮށްފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ