19 Feb 2021, 10:46
ޓީވީ ބަތަލާ އާމްނާ ޝަރީފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އާމްނާ ރާއްޖެއައީ އޭނާގެ ގާތް ރަހުމަތްތެރިންނާއެކުގަ އެވެ. ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ 2"ގެ ކޮމަލިކާގެ ރޯލުން ފެނިގެންދިޔަ އާމްނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކަނޑިންމަ މޯލްޑިވްސްގަ އެވެ.
އިންސްޓަގްރާމްގައި އޭނާ ރާއްޖެއައިކަން ހިއްސާކުރަމުން އާމްނާ ބުނީ ދުނިޔެމަތީ ސުވަރުގެއަށް އާދެވިއްޖެކަމަށެވެ. އޭނާ އަންނަނީ ޗުއްޓީގެ ވީޑިއޯ ތަކާއި ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓްކުރަމުންނެވެ.
އާންމުންގެ މެދުގައި އޭނާ ބޮޑަށް މަގްބޫލުވެގެން ދިޔައީ 2003 އިން 2007 އަށް ސްޓާ ޕްލަސް އިން ދެއްކި ޑްރާމާ "ކަހީ ތޯ ހޯގާ"ގައި އޭނާ ކުޅުނު ކަޝިޝްގެ ރޯލުންނެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖެ އައިސް ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ލަވައެއް ވެސް ކުޅެފަ އެވެ.