ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަން އަންނަ މަހު 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އިލެކްޝަނުން ބުނީ މާފަރު ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކުރީ ޑީއާރްޕީ ކައުންސިލަރު މއ. އަބާ، އިބްރާހިމް މަނިކަކީ ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވެ 28 އަހަރާއި ތިން މަސްދުވަހުގެ މުއްދަތަށް އަރުވާލަން ހުކުމް ކޮށްފައިވާ މީހަކަށްވާތީ އޭނާއަކީ ކައުންސިލަރެއްކަމަށް ބެލޭނެ ގަނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމް ކުރުމާއި ގުޅިގެން ނެވެ.