ގިނަ ބާވަތެއްގެ މުދާ އެއް ތަނަކުން ލިބޭ ރެޑްވޭވްގެ އައު ފިހާރަ، ރެޑްވޭވް ޕެވީލިއަން މިއަދު ހުޅުވައިފި އެވެ.

މިއަދު ބޭއްވި ހަފްލާއެއްގައި އެ ފިހާރަ ހުޅުއްވައިދެއްވީ އޭދަފުށި ދާއިރާގެ މެމްބަރު އަދި ރެޑްވޭވްގެ ޗެއާމަން އަހްމަދު ސަލީމް އެވެ.

އެ ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ އެ ފިހާރަ ހުޅުވުމާއެކު ރެޑްވޭވުން ވިއްކާ ގިނަ ބާވަތްތަކުގެ މުދާ، ކަސްޓަމަރުންނަށް އެއްފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ތިން ފަންގިފިލާ ހުންނަ ރެޑްވޭވް ޕެވީލިއަންއިން ވިއްކާ މުދަލުގެ ތެރޭގައި އިލެކްޓްރޯނިކްސް އާއި ބަދިގެ ސާމާނާއި ގޭތެރޭގައި ބޭނުން ކުރާ އެހެނިހެން ސާމާނު ހިމެނެ އެވެ.

އެ ފިހާރައިގެ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ރެޑްވޭވުން ވިއްކާ ފަރުނީޗަރަށެވެ.

ރެޑްވޭވް ޕެވީލިއަން ޝޯރޫމް ހުންނާނީ ހިތަށްފިނިވާ މަގު، ހުސްނުހީނާ މަގު ކަންމަތީގައި، ކުރިން އަލޯރާ ފަރުނީޗަރު ހުރި އިމާރާތުގަ އެވެ.