16 Feb 2021, 18:10
ސެފަޔާއިން "ފްލޭޝް ސޭލް"ގެ ނަމުގައި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ލައިފް ސަޕޯޓްގެ ސެފަޔާ ފިހާރައިން ފެށި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ރާވާފައިވަނީ މި މަހުގެ 14އިން 18 ވަނަ ދުވަހަށެވެ.
އެ ޕްރޮމޯޝަންގައި ސެފަޔާއިން ވިއްކާ ސެންޓު، ބިއުޓީ އަދި ޕާސަނަލް ކެއާގެ އިތުރުން ކޮސްމެޓިކްސް ހިމެނޭ ގޮތަށް 35 ޕަސެންޓާ ހަމައަށް ބައެއް ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސެފަޔާއިން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ލައިފް ސަޕޯޓުގެ އޮންލައިން ވެބްސައިޓު ފާމަސީ އެމްވީއާއި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ފާމަސީ އެމްވީއަކީ އެއްތަނަކުން ގިނަވައްތަރުގެ ފެންވަރު ރަނގަޅު ކޮސްމެޓިކް، މަދަކެއާ، ބިއުޓީ އަދި ޕާސަނަލް ކެއާގެ ގިނަ ތަކެތި ވިއްކާ އޮންލައިން ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމަކީ އޮންލައިންކޮށް ބޭސް އޯޑަރުކޮށް ޑެލިވަރީ ކުރަން ފެށި ފުރަތަމަ ވެބްސައިޓް އެވެ.