1442 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން، މާޗު މަހުގެ 21 ވަނަ ދުވަހަށް ދަފްތަރުގައި ރަޖިސްޓްރީ ވާން ފޯމު ހުށަހެޅޭނެ ކަމަށެވެ.

މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ފޯމު ލިބެން ހުންނާނެ އެވެ. ފޯމު ހުށަހަޅާނީ އިސްލާމިކް މިނިސްޓްރީގެ އީމެއިލް އަށެވެ.

ކޮވިޑް19 އާ ގުޅިގެން އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް ހިމެނެ އެވެ.