15 Feb 2021, 18:48
ގއ. މާމެންދޫގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފި އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުން ކަމަށެވެ.
އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު އެއްބަފާ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.
މާމެންދޫގައި ހިނގައި ދިޔަ މާރަމާރީ ފުުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގުކުރަމުންނެވެ. މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.