01 Feb 2012, 09:31
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގައި ވިޗެންޒާ އާއި ދެކޮޅަށް ކުޅެ ފަސޭހަ ކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބު މެޗު ކާމިޔާބު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުޅުނު މިމުބާރާތުގެ ދެވަނަ މެޗުން މޮޅުވީ ސީދާ ތިން ސެޓު ހޯދައިގެންނެވެ. މެޗްގެ ސެޓްތައް ޕޮލިސް ކުލަބުން ގެންދިޔައީ 25-4، 25-9 އަދި 25-9 އަކުންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ އާގިލާ ހާމިދު އެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ނައިފަރު ޖުވަނިއަލް އާއި އަމިކާ ސްޕޯޓްސް އެވެ.
ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ އެވެ. މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.