މިރޭ ޝަހީދު އަލީ ހިނގުމުގައި މަސައްކަތެއް ކުރުމަށް، އެ ސަރަހައްދުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މާލޭ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓު"ގެ ދަށުން ޝަހީދު ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ.

އެ މަސައްކަތަށް މިރޭ 23:00 ން 02:00 އަށް ބައެއް ސަރަހައްދުތަކުގައި ހިމެނޭ ގޭބިސީތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.

މިރޭ ފެނުގެ ހިދުމަތް ކެނޑިގެން ދާނީ ފްލޫނިއާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނާއި، ހަވީރީހިނގުމާއި ފްލޫނިއާ މަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ.