ކާމިޔާބު އެކްޓަރު ޝާހްރުކް ޚާން ގެ ކުރިއަށް އޮތް ފިލްމު "ޕަތާން"ގައި އެކްޓަރު ސަލްމާން ޚާން ވެސް ފެންނާނެ ކަން ކަށަވަރުވެއްޖެއެވެ.

މި ފިލްމުގައި ސަލްމާން ކުޅޭނީ ވަރަށް ހާއްސަ ރޯލެެކެވެ. ޕަތާން އިން ފެނިގެންދާނެ ކަން ސަލްމާން ކަށަވަރުކޮށްދީފައިވާއިރު އޭނާ ބުނީ ބިގް ބޮސް 14 ނިންމާލުމަށްފަހު އެ ފިލްމުގެ ޝޫޓިން ފަށާނެކަމަށެވެ.

މި ފިލްމަކީ ޖޯން އަބްރަހަމް އާ ދީޕިކާ ޕަދުކޯން ވެސް ލީޑު ރޯލުން ފެނިގެންދާނެ ފިލްްމެކެވެ. ވަރުގަދަ ތަރިންނާއެކު މި ފިލްމު ގެނެސްދޭއިރު ފިލްމު ބަލަން ގިނަ ބަޔަކު ސިނަމާއަށް ވަންނާނެކަމަށް ބެލެވެއެވެ.

ވައިއަާރްއެފް އިން ގެނެސްދޭ މި ފިލްމަކީ “ވޯ” ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ދެން ހުރި މަންޒަރުތައް ނަގާނީ އިނގިރޭސިވިލާތުގައެވެ. ޕަތާންގެ ބޮޑުބައެއް އިނގިރޭސިވިލާތުގައިނަގަންވަނީ ހަމަޖެހިފައެވެ.

މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯންމަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.