އަންނަ މާޗު މަހުގެ 25ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ހަމައެކަނި ޑިޖިޓަލްކޮށް ފައިސާ ބަލައިގަންނަން ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދައުލަތުގެ އޮފީސްތައް އަދި ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން ހުރިހާ އޮފީހަކުން ފައިސާ ބަލައިގަންނަން ވާނީ ޑިޖިޓަލްކޮށް ކަމަށެވެ.

ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޑިޖިޓަލް މާލީ ހިދުމަތްތައް ކުރިއަރުވަން ބީއެމްއެލްގެ މޮބައިލް ޕޮއިންޓް އޮފް ސޭލްސް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު މީގެ ކުރިން ވަނީ ތައާރަފުކޮށްފަ އެވެ.

އަލަށް ގެންނަ ބަދަލަށް އަމަލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނާ މައުލޫމާތު ފުރިހަމަކުރުމަށްފަހު މި މަހުގެ 25ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް[email protected]އަށް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ދައުލަތުގެ އޮފީސްތަކުން ހަމައެކަނި ޑިޖިޓަލްކޮށް ފައިސާ ބަލައިގަންނަ ގޮތަށް ބަދަލުކުރި ނަމަވެސް، ހިސާބުތައް ގަވާއިދުން ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.