މަސްތުވާތަކެއްޗާއެކު މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން އަތުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި "ޕެސްޓް"ވެސް ހިމެނެ އެވެ.

"ރީތި ކުދިން"ގެ ނަމުގައި ނެރުނު ރެޕް ލަވައަކުން 2011 ވަނަ މަޝްހޫރުކަން ހޯދި ޕެސްޓް އަކީ މިހާރު މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެ އެވެ.

އޭނާ މަޝްހޫރުވެފައި ވަނީ ރާއްޖޭގެ "ރެޕް ކިންގް" ނުވަތަ ރެޕްގެ ރަސްގެފާނުގެ ގޮތުގަ އެވެ.