01 Feb 2012, 09:07
ބޮލީވުޑްގެ 57 ވަނަ ފިލްމް ފެއާ އެވޯޑް 2012 އިގެ އެންމެ މޮޅު ފިލްމުގެ މަގާމު ހަ އެވޯޑާއެކު ޒިންދަގީ ނާ މިލޭންގީ ދުބާރާ ހޯދައިފި އެވެ.
ޒިންދަގީ ނާ މިލޭންގީ ދުބާރާއަށް ވަނީ އެންމެ މޮޅު ފިލްމް އެވޯޑުގެ އިތުރުން އެންމެ މޮޅު ކްރިޓިކްސް ފިލްމްގެ އެވޯޑާއި ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ޑައިލޮގްގެ އެވޯޑާއި އެންމެ މޮޅު ކޮރިއޯގްރަފީ އެވޯޑް އަދި އެންމެ މޮޅި ސިނަމޮޓަގްރަފީ އެވޯޑް ވެސް ލިބިފަ އެވެ. މިފިލްމާ އެންމެ ކައިރިން އެ މަގާމަށް ވާދަކޮށްފައިވަނީ ފަސް އެވޯޑް ލިބުނު ފިލްމް ރޮކްސްޓާ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމްގެ މަގާމު ޒިންދަގީ ނާ މިލޭންގީ ދުބާރާ ހޯދާފައިވާއިރު އެންމެ މޮޅު ބަދަލުގެ މަގާމު ފިލްމް ރޮކްސްޓާއިން ރަންބީރު ކަޕޫރަށް އަދި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދާފައިވަނީ ޑާޓީ ފިކްޗާ އިން ވިދިޔާ ބާލަން އެވެ.
މުމްބާއީގައި ބޭއްވި ކުލަ ގަދަ އެވޯޑް ދިނުމުގެ މިހަފްލާގައި އެންމެ މޮޅު ސަޕޯޓިން އެކްޓާގެ މަގާމު ޒިންދަގީ ނާމިލޭންގީ ދުބާރާއިން ފަރުހާން އަކްތަރަށް ލިބުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމު ލިބުނީ ނޯވަން ކިލްސް ޖެސީކާއިން ރާނީ މުކަރްޒީ އަށެވެ. މީގެއިތުރުން އެންމެ މޮޅު އަންހެން ކްރިޓިކްސް އެވޯޑް ފިލްމް ސާތް ހޫން މާފް އިން ޕްރިޔަންކާ ޗޯޕްރާއަށް ލިބުނިއިރު އެންމެ މޮޅު ކްރިޓިކްސް ފިރިހެން އެވޯޑް ލިބިފައިވަނީ ފިލްމް ރޮކްސްޓާއިން ރަންބީރަށެވެ.
މީގެއިތުރުން އެންމެ މޮޅު މިއުޒިކް އެވޯޑް އޭއާރު ރަހުމާނަށް ފިލްމް ރޮކްސްޓާއިން، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރޫނާއި ރާނީއަށް ވަނީ ލިބިފަ އެވެ.