14 Feb 2021, 12:12
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކާއި ބަނގުރާ ފުޅިތަކަކާއި އެކު މާލެއިން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހަބީބު ބެންކާ ދިމާލު މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދޯންޏާއި ޕިކަޕި ބަލައި ފާސްކޮށް ފުލުހުން ވަނީ 480 ދަޅު ބިޔަރާއި 24 ފުޅު ބަނގުރާ ހޯދާފަ އެވެ. އެމައްސަލާގައި ހައްޔަރު ކުރީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ. އެމީހުން ހައްޔަރު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެމީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.