14 Feb 2021, 12:14
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު ހެނދުނު ވެއްޓުނު މަންޓާ އެއާގެ ސީޕްލޭންގައި ފަސިންޖަރުންނާއި ކްރޫ އިން މެޑިކަލް އެގްޒެމިނޭޝަން އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މަންޓާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ވެއްޓުނު އެ އެއާލައިނުގެ 7 (8QRAE – DHC6 Twin Otter) ގައި ތިބި ފަސިންޖަރުްނާއި ކްރޫ އިންނަށް ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާދީ، ހަދަން ޖެހޭ މެޑިކަލް އެގްޒެމިނޭޝަންތައް ހެދުމަށްފަހު ޑިސްޗާޖު ކޮށްލާފައިވާ ކަމަށެވެ.
ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބޯޓު ވެއްޓުމާ ގުޅިގެން ކުރާ އިންވެސްޓިގޭޝަން ކުރިއަށްދާ ކަމަށްވެސް މަންޓާ އިން ބުންުޏެވެ.
މި ހާދިސާ އާއި ގުޅިގެން ފަސިންޖަރުނނަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އެއާލައިނުން ކުރަމުންދާ ކަމަށްވެސް މަންޓާ އިން ބުންޏެވެ.
މިއަދު ވެއްތުނު ބޯޓަކީ ކޯމޯ މާ ލިފުށި ރިސޯޓުން ފުރައިގެން ވީއައިއޭ އަށް ޖައްސަން އައި ބޯޓެކެވެ.
ބޯޓު ވެއްޓުނީ މިއަދު 7:30 ހާއިރު އެވެ. ހާދިސާ ހިނގިއިރު، ބޯޓުގައި ތިން ކްރޫ އިންނާއި ހަ ފަސިންޖަރުން ތިއްބެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެކެއްގެ ކޮނޑު ހުޅުން ނައްޓާލާފައިވާ ކަމަށާއި އެކެއްގެ އަތަށް ތަދެއް އަރާފައިވާކަމަށް އެމްއެންޑީއެފް އިން މިއަދު ބުންޏެވެ.