އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނުކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށްއެމްއެންޑީއެފް އިން ބުނެފިއިއެވެ.

އެކަނި ސްނޯކްލިން އަށްގޮސް އުޅެނިކޮށް އަންހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ ރޭ 8:20 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށެެވެ. އެގޮތުން ކަނޑުގެ ސާފޭސް ބެލުމުގެ އިތުރުން ޑައިވްްކޮށްގެންވެސް ފަތުރުވެރިޔާ ފެނޭތޯ ބަލަމުންދާ ކަމަށް ބުންޏެވެ.

ގެއްލުނު ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް އެމްއެންޑީއެފް އިން ރޭ ބުންޏެވެ.

ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަމެއް އެމްއެންޑީއެފް އަކުން ނުބުނެއެވެ.