14 Feb 2021, 08:44
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގިކަން ޔަގީންކޮށްދެމުން މަންތާ އެއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަ ޕެސެންޖަރުންނާއި ތިން ކުރޫއިންނާ އެކު ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން އައި ސީޕްލޭން ވެއްޓުނީ މިއަދު ހެނދުނު 7:30 އެހާއިރު ވެލާނާ އެއާޕޯޓުގެ ސީޕްލޭން ބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ސަރަހައްދަށް ކަމަށެވެ.
އެ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެކެއްގެ ހުޅުވަނީ ނެއްޓިފަ އެވެ. އަދި އެހެން ޕެސެންޖަރެއްގެ އަތަށް ވަނީ ތަދުވެފަ އެވެ.
ދަތުރުކުރި އެންމެން ވެސް މިހާރު ސަލާމަތްކޮށް މެޑިކަލް ޗެކަޕް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ތަފްސީލް އަންނަނީ...