14 Feb 2021, 10:05
އަންނަ މަހު ޝޫޓިން ފަށާ "ޓައިގާ 3"ގެ ވިލަން އެއްގެ ރޯލަށް ކުޅަދާނަ އެކްޓަރު އިމްރާން ހާޝިމީ ހަމަޖައްސައިފި އެވެ.
ބަތަލާ ކެޓްރީނާ ކެއިފް އާ ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުވެގެންދާނީ ކެޓްރީނާ އާ ސަލްމާން އާ އިމްރާން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމަކީ އިމްރާން ޔަޝްރާޖް ފިލްމްސް އެއްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ.
މި ފިލްމުގެ ފުރަތަމަ ޝެޑިއުލް ކުރިއަށްދާނީ މުމްބާއީގައި ހުންނަ ވައިއާރްއެފްގެ ސްޓޫޑިއޯގައެވެ.
މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓް އަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.
ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. މި ފިލްމުގެ ތިން ވަނަ ބަޔަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މި ފިލްމު ރިލީޒްކުރާނީ 2022ގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.