ރާއްޖޭގައި ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާގެ ސީދާ އުމުރު އަދި ވަނީ ސާފުވާގޮތް ނުވެފަ އެެވެ.

މަރުވި މީހާއަކީ އައިޖީއެމްްއެޗްގެ އީއާރަށް ޑޮކްޓަރަށް ދެއްކި މީހެއްކަން އެނގިފައިވެ އެވެ.

މިރޭ އެޗްއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެ ހޮސްޕިޓަލުގައި ކްރިޓިކަލް ހާލަތުގައި ތިން މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިއަހަރު މަރުވި ނުވަ ވަނަ މީހާއެވެ. އަދި މި ހިނގާ ފެބުރުއަރީ މަސް ތެރޭ މަރުވި ފަސްވަނަ މީހާ އެވެ.