13 Feb 2021, 00:10
މާލޭ ގަލޮޅުގައި ހުރި ގެއެއްގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަލޮޅު ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:43 ހާއިރު ކަމަށް ބުންޏެވެ. އަދި އެހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމެއް ނޫން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.