13 Feb 2021, 10:16
ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް"ގެ ފަސްޓްލުކް ދައްކާލާ އެ ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކޮށްފިއެވެ.
ފިލްމުގެ ދެވަނަ ބަޔަކީ "ދޯ ވިލަން" ކަމަށް މީގެ ކުރިން ޚަބަރުތައް ބުނިނަމަވެސް މިހާރު މި ފިލްމަށް ކިޔަނީ "އޭކް ވިލަން ރިޓާންސް"އެވެ. އަންނަ އަހަރު ުފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒް އާ އެކްތާ ކަޕޫރުގެ ބަލާޖީ ތެލެފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
"މި ފިލްމުގައި އަންހެން ތަރިންވެސް ވިލަންގެ ރޯލުން ފެންނާނެ. އަހަރެންނާ އެކްތާ ވަރަށް މަސައްކަތްކުރަން އެބަ ކެރެކްޓާތައް ތަފާތު ގޮތަކަށް ގެނެސްދީ އެކަކު އަނެކަކާ ގުޅިފައި ހުންނަގޮތަކަށް ފިލްމު ގެނެސްދޭން،" މޯހިތު ބުންޏެވެ.
އެކްޓަރު ޖޯން އަބްރަހަމް، ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު އަދި ތާރާ ސުތައިރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މި އަހަރުގެ ޖަނަވަރީ މަހު އެވެ. ނަމަވެސް ކޮވިޑް19ގެ ރޯޅިއާ އެކު މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިނުވުމުގެ ސަބަބުން މި ފިލްމު ފަސްކުރީއެވެ.
ދޯ ވިލަން އަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ އަމިއްލައަށް އެ ފިލްމު ދޫކޮށްލީ އެވެ.
އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.