12 Feb 2021, 16:48
ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން މިއަދުވެސް މާލޭ ގައި މުޒާހަރާ އަށް ނިކުމެއްޖެއެވެ.
"ކޮބާ މަގޭ ފްލެޓު" ގެ ނަމުގައި އިދިކޮޅުން މާލޭގައި މިއަދު ކުރަމުންދާ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.
މަޖިލިސް ކުރާ ގެ ކައިރީ އެއްވުމުގެ ބައިވެރިން ތިބިއިރު އެއްވުން ރޫޅައިލުމަށް ފުލުހުން ދަނީ ޕެޕާ ސްޕްރޭޖަހަމުންނެވެ. ޕެޕާ ސުޕުރޭ ޖެހުމުގެ ސަަބަބުން ބައެއް މީހުންގެ ނޭވާއަށް އުނދަގޫކޮށް މަގުމައްޗަށް ވެއްޓި އަންނަނީ ފަރުވާ ދެމުންނެވެ.

''ކޮބާ މަގޭ ފްލެޓް؟" މުޒާހަރާ ރޫޅާލަން ފުލުހުން ޕެޕާސް÷ްރޭ ޖެހުމުން އަންހެނަކު ހޭނެތިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދާއިރު ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މާލޭގައި ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މިއަދން ފެށިގެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ބޭރަށް ނިކުމެ އުޅުންވެސް މަނާކޮށްފައެވެ.

ކޮބާ މަގޭ ފްލެޓްގެ ނަމުގައި އިދިކޮޅުން ބާއްވަމުން އަންނަ މުޒާހަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިވަގުތު ފެންނަމުން މިދަނީ ރާއްޖޭގައި މިހާތަނަށް ފެނުނު ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅުކަމަށާއި ހަލަތު އޮތީ ނާޒުކުރ ފައްތަރެއްގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވަނީ ވިދާޅުވެފައެވެ.